މަސައްކަތް
ނަންބަރު: (IUL)312-PN/312/2026/4
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 27 ޖަނަވަރީ 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންސާފު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ!

ކައުންސިލުން މިރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރެވިފައިވާ ސަރަޙައްދުގައި ހުރި ރުއްގަސް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ނަގައި ބިންސާފު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 19 ޖެނުއަރީ 2026 އިން 22 ޖެނުއަރީ 2026 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected]   އަށެވެ. ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

   މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން  މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

     ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 25 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

     އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  27 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

18 ޖަނަވަރީ 2026