ނީލަން
ނަންބަރު: (IUL)242/242/2015/34
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 19:37
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީ ނަންބަރު (AOA3164 (GN125E މޮޓޯސައިކަލް ވިއްކާލުމަށް

މި އިދާރާގައި ބޭނުންކުރަމުން ދިޔަ ރަޖިސްޓަރީ ނަންބަރު AOA3164 (GN125E) މޮޓޯސައިކަލް ސިޓީލާ ނީލާމުގައި ވިއްކާލުމަށް މި އިދާރާގެ ނަންބަރު: IUL)242/242/2015/1) ތާރީޚު: 15 ޖަނަވަރީ 2015 ގައި ޢާންމުކޮށް ހުޅުވައިލުމުން އެއްވެސް ފަރާތަކުން ގަތުމަށް ހުށައަޅާފައިނުވާތީ އަލުން ރަޖިސްޓަރީ ނަންބަރު AOA3164 (GN125E) މޮޓޯސައިކަލް ސިޓީލާ ނީލާމުގައި ވިއްކާލުމަށް ޢާންމުކޮށް ހުޅުވައިލަމެވެ.

ވީމާ، މި ސައިކަލް ގަތުމަށް ބޭނުންވާ ފަރާތްތަކުން 26 ނޮވެންބަރު 2015 ވަނަ ދުވަހުން ފެށިގެން މި އިދާރާއަށް ސިޓީއަކުން އަގު ހުށައަޅަމުން ގެންދިޔުން އެދެމެވެ. ހުށައެޅިފައިވާ އެންމެ މަތީ އަގު މި އިދާރާގެ ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ 11:00 ގެ ފަހުން ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ -/5000 (ފަސްހާސް) ރުފިޔާއެވެ. އަދި ނީލަމުގައި އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/500 (ފަސްސަތޭކަ) ރުފިޔާއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6841032 ފޯނަށެވެ. ފެކްސް ނަންބަރަކީ 6841001 އެވެ. އަދި އީ.މެއިލް އެޑްރެހަކީ [email protected] އެވެ. މި ސައިކަލް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ފެށިގެން 14:00 އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފެންނަގޮތަށް އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ސައިކަލްގެ މަޢުލޫމާތު:

މޮޑެލް ނަންބަރު: GN125E

ޗެސިސް ނަންބަރު: NF41A-141876

އިންޖީނު/މީޓަރ އުފެއްދި ކުންފުނި: SUZUKI

އިންޖީނު/މީޓަރ ސީރިއަލް ނަންބަރު: F401-150071

އިންޖީނު/މީޓަރ ކެޕޭސިޓީ: 124.000

               10 ޞަފަރު 1437

22 ނޮވެންބަރު 2015