ޢާންމު މަޢުލޫމާތު
ނަންބަރު: CN-242/2026/02
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:18
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް މިކައުންސިލުން ފާސްކޮށްފައިވާ އުސޫލު "ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލު" ގެ 8 ވަނަ މާއްދާގެ "ށ. ޙިދުމަތް ހޯދާފަރާތްތަކުން ދައްކަންޖެހޭ ފީ" ދަށުން އަންނަ 19، 20، 21 ވަނައިގައި ހިމަނާފައިވާ ގޭޓްފީތައް ނެގުމުގައި ރައްޔިތުންގެ ގިނަ އަދަދެއްގެ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވާތީވެ މިކަމާއި މެދު ކައުންސިލްގެ މަޝްވަރާއަށްފަހު ގޮތެއް ނިންމުން.

މެމްބަރުންގެ މަޝްވަރާއަށްފަހު ރިޔާސަތުން ކައުންސިލްގެ ރައީސް އަޙްމަދު ހުސައިން ވޯޓަށް އެދި ހުށައެޅުއްވީ، ކައުންސިލް މެމްބަރ ޙަސަން ޝުއައިބް ހުށައެޅުއްވާ އަދި ކައުންސިލް މެމްބަރ ފާތިމަތު ޒިޔާދާ ތާއީދުކުރެއްވިގޮތަށް، ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް މިކައުންސިލުން ފާސްކޮށްފައިވާ އުސޫލު "ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލު" ގެ 8 ވަނަ މާއްދާގެ "ށ. ޙިދުމަތް ހޯދާފަރާތްތަކުން ދައްކަންޖެހޭ ފީ" ދަށުން އަންނަ 19، 20، 21 ވަނަ މާއްދާގައި ހިމަނާފައިވާ  ގޭޓްފީތައް މިވަގުތަށް ކަނޑާލުމަށް ނިންމުނެވެ. މިކަން މިގޮތަށް ނިންމެވީ ވޭސްޓް ސެންޓަރގެ އައު އިމާރާތް ނިމި، މި އިމާރާތުގެ ޙިދުމަތް ލިބުމާއި ހަމަޔަށެވެ.

14 ޖަނަވަރީ 2026