ދިވެހިރާއްޖެ
މި ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންކުރަމުން އައި ޕިކަޕް ވިއްކާލަން ބޭނުންވެއްޖެއެވެ. ވީމާ، މި ޕިކަޕް ގަންނަން ބޭނުންވާ ފަރާތްތަކުން މި ކައުންސިލުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ މެންދުރު 13:00 ގެކުރިން ލިޔުމުން މި ކައުންސިލަށް އަގު ހުށަހެޅުއްވުންއެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް 6660058، 9665188 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާނީ ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފެކްސް 6660028، [email protected]
ޕިކަޕްގެ މަޢުލޫމާތު:
މޮޑެލް ނަންބަރު: KR-KDY230-TGPGY
ޗެސިސް ނަންބަރު: KDY230-7025044
އިންޖީނުގެ ސީރިއަލް ނަންބަރު: 2KD1675267
އުފުލޭ ބަރުދަން: 1.5 ޓަން
ބާވަތް: ޑީސަލް/ ފުލް އިލެކްޓްރޯނިކް
ފުތަރަމަ ރަޖިސްޓަރީކުރި ތާރީޚު: 01.08.2007
އެތެރެކުރި ތާރީޚު: 06.11.2012
ރަޖިސްޓަރީކުރި ތާރީޚު: 19.11.2012
މިހާރުގެ ޙާލަތު: ޑައިގްނޯސްކޮށް، ފިއުލް ޕަންޕު މައްސަލަޖެހިފައި
ވިއްކާލުމަށް ފަށާއަގު: -/200,000 ރުފިޔާ
ފަހަރަކު އިތުރު ކުރެވޭ އެންމެ ކުޑަ އަދަދު: -/10,000
އަގުހުށަހަޅާ ފަރާތްތަކުން ޑިޕޮޒިޓް/ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ޢަދަދު: -/10,000 ރުފިޔާ (މިފައިސާއަކީ އަނބުރާ ޙަވާލުކުރެވޭނެ ފައިސާއެކެވެ.)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
3 ޞަފަރު 1437