ކުއްޔަށް ހިފުން
ނަންބަރު: GS-144/2015/IUL/27
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:57
ސުންގަޑި: 03 ޑިސެންބަރު 2015 13:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ހޯދުމާގުޅޭ

މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ބޭނުންވެއްޖެއެވެ. ވީމާ، 1 ޖަނަވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް، 1 އަހަރަށް މި ސްކޫލަށް ގެއެއް ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

3 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.

22 ނޮވެންބަރު 2015