ކުއްޔަށް ހިފުން
ނަންބަރު: (IUL)GS45/2015/024
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:54
ސުންގަޑި: 30 ނޮވެންބަރު 2015 13:00
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާގުޅޭ

މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންގރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގކޮށްފައިހުރުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒުހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މިލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.)

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 ނޮވެންބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހު 01:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015