ކުއްޔަށް ހިފުން
ނަންބަރު: 137-IU/PR/2015/172
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:51
ސުންގަޑި:
07 ޑިސެންބަރު 2015 14:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
01 ކޮޓަރި އާއި 02 ކޮޓަރީ އަދި 03 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް
މި ހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންނާއި، ޕެރެމެޑިކްސް ސްޓާފުން އެކޮމަޑޭޓް ކުރުމަށްޓަކައި 01 ކޮޓަރިއާއި 02 ކޮޓަރި އަދި 03 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ އެޕާޓްމަންޓް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި ހޮސްޕިޓަލުގެ ސަޕްލައިސް ޑިޕާޓްމަންޓަށް ޕްރޮޕޯޒަލްތައް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނުގެ ދަށުން އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ 07 ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3341656 އަށް ގުޅުއްވުން އެދެމެވެ.
11 ޞަފަރު 1437
23 ނޮވެންބަރު 2015