ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ދުވާފަރު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އުމުރުފުރާ އަކަށް އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދުވާފަރު ނުވަތަ ކަނދޮޅުދޫ ގެ ރައްވެހިންނަށެވެ. އަދި ދުވާފަރުގައި ދިރިއުޅޭ ނުވަތަ ތަޢުލީމު ހާޞިލްކުރަމުންދާ ދުވާފަރު ނުވަތަ ކަނދޮޅުދޫ ނޫން ރައްވެހީންނަށް ވެސް މިމުބާރާތުގައި ބައިވެރިވެވޭނެއެވެ (ނޯޓް: ތަޢުލީމު ޙާޞިލްކުރާ ފަރާތެއްނަމަ ސްކޫލުގެ ލިޔުމެއް، ވަޒީފާ އަދާކުރާނަމަ ވަޒީފާ އަދާކުރާ ތަނުގެ ލިޔުމެއް، ދުވާފަރު ނުވަތަ ކަނދޮޅުދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭނަމަ ކައިވެނީގެ ސެޓްފިކެޓް ފޯމާއިއެކު ހުށައަޅަންވާނެއެވެ).
މިމުބާރާތް ކުރިޔަށް ދާނީ 2 ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގަވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2026 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.
މިމުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމުބާރާތުގެ އުޞޫލް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނީ 18 ޖަނަވަރީ 2026 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:00 އަށް ކަމުގައި ދަންނަވަމެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 29 ޖަނަވަރީ 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށްށެވެ.
މުބާރާތުގެ މުޤައްރަރު: