ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 22 ޖަނަވަރީ 2026 13:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ މުއްދަތު އިތުރުކުމާއި ގުޅޭ

2026 ވަނަ އަހަރު މި ކައުންސިލުން ހިނގަމުންދާ އދ.މަންދޫ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީއަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރި އިޢުލާން ނަންބަރު:(IUL)351/351/2026/2 މި އިޢުލާންގެ މުއްދަތު އިތުރު ކުރުމަށް ދެވަނަ އިޢުލާނެއް ކުރަމެވެ. 2026 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމާއި ފޮތް ލިސްޓް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް މި އިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 ޖަނަވަރީ 2026