ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/6
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 22 ޖަނަވަރީ 2026 13:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ޕްރީސްކޫލަށް ވަގުތީ ޓީޗަރުން ހޯދަން ބޭނުންވެއްޖެ

އދ.މަންދޫ ކައުންސިލްގެ ފަރާތުން ބަލަހައްޓަމުންދާ އދ.މަންދޫ ޕްރީސްކޫލްގައި 2026 ދިރާސީ އަހަރުގެ ފުރަތަމަ ހަމަހަށް ކިޔަވައި ދެއްވާނެ ވަގުތީ ޓީޗަރުން ހޯދުމަށް ކުރި އިޢުލާން ނަންބަރު: (IUL)351/351/2026/1 އާއި ގުޅިގެން އެކަށީގެންވާ އަދަދަށް ޓީޗަރުން ލިބިފައި ނުވާތީ މުއްދަތު އިތުރު ކުރުމަށް ދެވަނަ އިޢުލާނެއް ކުރަމެވެ.

ބޭނުންވާ އަދަދު: 02

މުސާރަ: މަހަކު 4500/-

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކުން މިމަޤާމަށް އެދި ހުށައަޅާ ސިޓީ، ވަނަވަރު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ ކާޑުގެ ކޮޕީ މިކައުންސިލްގެ އީމެޢިލް އެޑްރެސް: [email protected] އަށް 22 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖަނަވަރީ 2026