ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރު: TF019383
އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުން
އައި.އެފް.ބީ ނަންބަރު: 004/TF019383
1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނުއެހީން އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ އައި.ސީ.ޓީ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
03 ލެޕްޓޮޕް
01 ޓީވީ
01 ލޭޒަރ ޕްރިންޓަރ
01 ސްކޭނަރ
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މިމަސައްކަތުގެ ބީލަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވާރލްޑް ބޭންކުގެ [ޕްރޮކިޔުމަންޓް އަންޑަރ އައި.ބީ.އާރު.ޑީ އެންޑް އައި.ޑީ.އޭ ކްރެޑިޓްސް އެންޑް ގްރާންޓްސް ބައި ވާރލްޑް ބޭންކް ބޮރޮވާރސް (ޖަނަވަރީ 2011)] ގައިޑްލައިންސް އާ އެއްގޮތްވާގޮތުގެ މަތިން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މި ގައިޑްލައިންސްގައި ބަޔާންކޮށްފައިވާ [އެލިޖިބަލް ސޯރސް ކަންޓްރީސް] ތެރޭގައި ހިމެނޭ ފަރާތްތަކަށެވެ.
4. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2015 ޑިސެންބަރު 17ވަނަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްދެވޭނެއެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 419 3018 960+ ފެކްސް: 301 3018 960+
އީ މެއިލް: [email protected]
5. މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަންފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަންޖެހޭނެއެވެ.
6. މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަންތަކުގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 91 (ނުވަދިހަ އެކެއް) ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 21ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. މި ޕްރޮޖެކްޓުގެ ބީލަންތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:
- ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މިޕްރޮޖެކްޓާ އެއްވަރުގެ އެހެން މަސައްކަތެއް ކޮށްފައިވުން
- މިމަސައްކަތަށް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މިމަސައްކަތް ނިންމޭނެވަރުގެ ފައިނޭންޝަލް ކެޕޭސިޓީ ހުރުން
މިއާ ގުޅޭ އިތުރު މަޢުލޫމާތު ބިޑް ޑޮކިޔުމަންޓްގައި އެކުލެވިގެންވާނެއެވެ.
8. މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.