ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/AS/2015/030
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 30 ނޮވެންބަރު 2015 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ. އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އައި.ޓީ. އާގުޅޭ ހާރޑްވެއަރ އާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 11 އޮކްޓޫބަރު 2015ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގައި ބައެއް ސެކްޝަންތަކަށް އެދެވޭވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެސެކްޝަންތަކުގެ އަންދާސީހިސާބުތައް ވަނީ ބަލައިނުގަނެ، އަލުން އެސެކްޝަންތަކަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާންކުރަންވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 07 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

24 ނޮވެންބަރު 2015