ނީލަން
ނަންބަރު: MNU-FHTS-NL/2026/01
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 25 ޖަނަވަރީ 2026 10:30
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު

 

 

ނަންބަރު: MNU-FHTS-NL/2026/01

 

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައު ތަކެތި ނީލަމުގައި ވިއްކުން     

    

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ 3 ވަނަ ފަންގިފިލާގައި)25  ޖެނުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 25 ޖެނުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ 3 ވަނަ ފުލޯ) އަށް ޙާޟިރުވުން އެދެމެވެ.

 ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން،25  ޖެނުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އީ ބްލޮކަށް  ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓްރީޒަމް ސްޓަޑީޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ކ.މާލެ، ދިވެހިރާއްޖެ

ފޯން: 3345249، 3345251، 3345252، 3345262

އީ-މެއިލް: fhts@mnu.edu.mv

15 ޖެނުއަރީ 2026

 

 

ނީލަން ކިޔުމުގެ އުސޫލު

 

  • ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ މުދާތައް ބައިބަޔަށް ބަހައިގެން ލޮޓުގެ ގޮތުއެވެ. ކޮންމެ ލޮޓަކަށް ދެވިފައިވާ ސުމާރު ނަންބަރު އެ ލޮޓެއްގައި ހަރުކުރެވިފައި ހުންނާނެއެވެ.
  • ފުރަތަމަ ފަހަރަށް ނީލަން ކިޔައިގެން މުދާ ނުވިކިއްޖެނަމަ އަލުން އިޢުލާންކޮށްގެން އުސޫލާއި އެއްގޮތަށް ނީލަން ކިޔޭނެއެވެ. 2 ފަހަރު ނީލަން ކިޔައިގެންވެސް ނުވިކި ހުންނަ މުދާތަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތައިލެވޭނެއެވެ.
  • ނީލަން ފަށާ އަގަށް ކޮންމެ ފަހަރަކު އިތުރުކުރެވޭނެ އަގު ތަފްސީލު ޝީޓުގައި ހިމެނިފައިވާނެއެވެ.
  • ނީލަން ކުރިއަށްގެންދެވޭނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 މެމްބަރުންގެ ހާޒިރުގައި، ކަނޑައެޅިފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަގުތުން އެނގޭނެއެވެ.
  • ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި،އެ އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސް ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް، އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ.

 

15 ޖަނަވަރީ 2026