ބީލަން
ނަންބަރު: (IUL)393/393/2026/5
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 20 ޖަނަވަރީ 2026 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ހިނަވާގެ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާނު

ކިނބިދޫ ހިނަވާގެ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ތ. ކިނބިދޫގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހިނަވާގެ އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެޖެއެވެ. 

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފޯމާއި، ކުރެހުމާއި ބިޑް ރަޖިސްޓްރޭޝަން ފޯމު މި އިއުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.

ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 1.      ބީލަމުގައި ރަޖިސްޓްރީވުން:

  •  ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
  •  މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ ނަންބަރު: 7725 700293 001(1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް 9798637 އަށް ވައިބަރ ކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.

 ރަޖިސްޓްރީ ވުމުގެ ސުންގަޑި: 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން.   

2. ބީލަން ހުށަހެޅުމާއި ހުޅުވުން:

  •     2026 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކިނބިދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައި.

 

3.   ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  •  ޢިމާރާތުގެ ކުރެހުމުގައި ވާގޮތަށް ފައުންޑޭޝަން އިން ފެށިގެން އިމާރާތުގެ ފިނިޝިންނާއި ހަމައަށް ނިންމައި ތަން ހަވާލުކުރުން
  •  މަސައްކަތްކުރާނީ (ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި އަމިއްލަ ތަކެތީގައި)

4. ސަމާލު ކަންދޭންޖެހޭ ކަންތައްތައް

  •  މުޅި މަސައްކަތުގެ ޖުމުލަ އަގު ހިމެނޭ ގޮތަށް އަގު ހުށަހެޅުން.
  •  އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް މަސައްކަތުގެ އަގާއި ތަކެތީގެ އަގު ހިމަނައިގެން އަގު ހުށަހެޅުން
  •  ކޮންކްރިޓް މަސައްކަތަށް ބޭނުން ކުރާނެ ދަގަނޑުގެ ސައިޒުތަކާއި މިންތައް ކުރެހުމުގައި ބަޔާން ކުރެވިފައިވާތީ، ކުރެހުމުގައިވާ ގޮތަށް އެމަސައްކަތް ކުރުން. 

 5. މަސައްކަތަށް ބޭނުންވާ ތަކެތި

  •  މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.
  •  މަސައްކަތަށް ބޭނުންވާ ކަރަންޓާއި ފެން ހޯދާނީ ކޮންޓްރެކްޓަރ އަމިއްލައަށެވެ.

 6. އިވެލުއޭޝަން ކްރައިޓީރިއާ

  •  މަސައްކަތުގެ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
  •  މުއްދަތަށް: ޕޮއިންޓް (އެކަށީގެންވާ އެންމެ ކުރު މުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
  •  ތަޖްރިބާ:  ޕޮއިންޓް (މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތަށް، 15000.00 ހާހުން މަތީގެ ކޮންމެ މަސައްކަތަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރީކޮށް 2026 ޖަނަވަރީ 25 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުންވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

 

              25 ރަޖަބް 1447

14 ޖަނަވަރީ 2026