ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/004
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 22 ޖަނަވަރީ 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ހާފިޒުގެ އިންތިޒާމުތައް ހަމަޖެއްސުން

މަސްޖިދުލްޢިބާދާތުގައި 2026 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދުކުރާން ރާއްޖޭން ބޭރުން ގެންނަ ޙާފިޒުގެ ކެއުމާއި ހުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދާން ބޭނުންވެއެވެ. ހުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އައްނައުނު ދޮވުމާއި އިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނަންވާނެއެވެ.

         ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ފޯމުން އަގުހުށައެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

 

14 ޖަނަވަރީ 2026