ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ އެ ބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވައިލެވިފައިވާ ފުރުސަތާއި ގުޅިގެން ދަންނަވަމެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ 40 (ސާޅީސް) އަހަރު ފުރި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށެވެ.
ވީމާ، މި ކަމަށް އެދިލައްވާ މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާ މި ރަށަށް ނިސްބަތްވާ ފަރާތްތަކުން މި ކައުންސިލަށް 2026 ޖަނަވަރީ 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއި އެކު އެ މީހާގެ އައި ޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. ޝަރުޠު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތި ލައްވާފައިވާނަމަ، މީހަކު ހޮވާނީ ޤުރުޢަތު ލައިގެންނެވެ. ގުރުއަތުލުން އޮންނާނީ 18 ޖަނަވަރީ ވާ އާދީއްތަ ދުވަހުގެ 20:15 ގައި ރ. އަތޮޅު މަދަރުސާގެ މަލްޓި މީޑިއާ ރޫމްގައެވެ.