މަސައްކަތް
ނަންބަރު: IL/2025/13854
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 28 ޖަނަވަރީ 2026 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އިންސްޓޯލްކުރެވިފައިވާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްގެ ޔުނިޓްތައް ފުލް ސާރވިސްކޮށް، ބެލެހެއްޓުން

މި އޮތޯރިޓީގައި އިންސްޓޯލްކުރެވިފައިވާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްގެ ޔުނިޓްތައް ފުލް ސާރވިސްކޮށް، ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލްއާއި އެއްގޮތަށް މިއޮތޯރިޓީއަށް ހާޞިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ޖަނަވަރީ 2026

ހޯމަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

22 ޖަނަވަރީ 2026

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

28 ޖަނަވަރީ 2026

ބުދަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މި ބީލަމުގެ އާރް.އެފް.ޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޞިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

13 ޖަނަވަރީ 2026