ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/10
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 21 ޖަނަވަރީ 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެންޓަލް ހެލްތް ކައުންސިލަރ (ގްރޭޑް 1)

މަޤާމް:               މެންޓަލް ހެލްތް ކައުންސިލަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:           01 (އެކެއް)

މުސާރަ:                12,205/- ރުފިޔާ

ލިވިންގ އެލަވަންސް:        3,000/- ރުފިޔާ

ރިސްކް އެލަވަންސް:        -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މުވައްޒަފުން ބޭނުންވެއްޖެ ހިނދެއްގައި ސައިކޮސޯސަލް ސަޕޯޓާއި ބޭނުންވާ ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދިނުމާއި، އިންޓަރވެންޝަން ހަދަން ޖެހޭހާލަތްތަކުގައި އަދި ރިފަރަލް ހަދަންޖެހޭ ހާލަތްތަކުގައި ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާ ހޯދައިގެން އެކަންކުރުން. 
  2. ސްޓްރެސް މެނޭޖްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ-އިޖްތިމާޢީ ދުޅަހެޔޮކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމަށް ސެޝަންތަކާއި ވޯކްޝޮޕްތައް ރާވައި ހިނގައި ބެލެހެއްޓުން.
  3. މަޤާމުގެ މަޤްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތަރައްގީކޮށް ކުރިއެރުވުމުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  4. މުވައްޒަފުންގެ ސިއްރުތައް ހިފަހައްޓަމުން، މުވައްޒަފުންގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަމުގައި ސުޕަވައިޒަރުންނާއި މެނޭޖްމަންޓަށް ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  5. މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ކައުންސެލިންގގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ސިއްރުހިފެހެއްޓޭގޮތަށް ބެލެހެއްޓުން.
  7. ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކުރުން.
  8. ޚިދުމަތް ހޯދާ މުވައްޒަފުން ނޭނގޭ ގޮތަށް، ޚިދުމަތް ބޭނުންކުރެވޭ މިންވަރާއި އާންމުކޮށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް އެކުލަވާލެވޭ ޚުލާސާ ރިޕޯޓުތައް ތައްޔާރުކޮށް، ބޭނުންވާ ހާލަތްތަކުގައި މެނޭޖްމަންޓަށް ހުށަހެޅުން.
  9. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ކައުންސެލިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް (MAHC)ގައި ރަޖިސްޓްރީވެފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  21 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 ޖަނަވަރީ  – 22 ފެބްރުއަރީ 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

24 ރަޖަބު 1447

13 ޖަނަވަރީ 2026

13 ޖަނަވަރީ 2026