ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)404-MIM/404/2026/2
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 22 ޖަނަވަރީ 2026 00:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ހިތަދޫ ކުޅި ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް!

ލ. ހިތަދޫ ކުޅި ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް!

 

             ލ.ހިތަދޫ ކުޅި ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

            ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުންއެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން

20 ޖަނަވަރީ 2025 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް

ބީލަމުގައި ރަޖިސްޓަރީ ވުން: https://forms.gle/Q8U4973v6tpfnYCcA

-        ރަޖިސްޓަރީ ވެވޭނީ ހަމަ އެކަނި ލިންކް މެދުވެރިކޮށެވެ. އަދި ޕޭމަންޓް ދެއްކި ކަމުގެ ސްލިޕް ފޯމްގައި އެޓޭޗް ކޮށްގެންނެވެ.

-        ބީލަން ފޮތް ވިއްކާ އަގު: -/1000 ( އެއްހާސް ރުފިޔާ)

ބީލަން ހުށަހެޅުން

-        2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 13:00 ގައި ލ.ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

 

            

 

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ޖަނަވަރީ 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު 22 ޖަނަވަރީ 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް:

ފޯން: 6800877،9842866،9444420  އީމެއިލް: [email protected]

                 

                  24 ރަޖަބު 1447ހ

                               13 ޖަނަވަރީ 2026    

13 ޖަނަވަރީ 2026