މަސައްކަތް
ނަންބަރު: GS68/2015/20
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 30 ނޮވެންބަރު 2015 13:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސް ކުރުމާގުޅޭ

ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2015 ޑިސެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015