ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2026/10
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި:
18 ޖަނަވަރީ 2026 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން
މިރަށު ހުދުވިލާގެ އަޙްމަދު ރަޝީދަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަށް އަރާފައި ހުރި ވެރިއަކު ނޭނގޭ 05 ރުކާއި، 01 ގަސް މިދިލި އަދި 01 ގަސް މާކަށިކެޔޮ ގަހުގެ ވެރިއަކު ވާނަމަ މިއަދުން ފެށިގެން 2026 ޖަނަވަރީ 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި ގޯތި އޮންނާނީ މިރަށު މެޖިސްޓްރޭޓް ކޯޓް ހޮޅަނގުން އޮންނަ ބޮޑުމަގުން ކަޅުއޮށްފުންމި މަގުގެ އުތުރުން އިރުމައްޗަށެވެ. މިއީ 2024 ވަނަ އަހަރު ދޫކުރި ގޯތިތަކުގެ ތެރެއިން 22 ނަންބަރު ގޯއްޗެވެ. މިރުއްގަހުގައި 01 ން 07 އަށް ނޫކުލައިގެ ސްޕްރޭއިން ނަމްބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
12 ޖަނަވަރީ 2026