މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/389
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 02 ޑިސެންބަރު 2015 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ޖެހުމަށް

ފަރުނީޗަރު ޖެހުމަށް ބޭނުންވެއްޖެ

2016 ވަނައަހަރަށް ސްކޫލްތަކަށް ބޭނުންވާ 1200 ސެކަންޑަރީ ޑެސްކު ޖެހުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިޑެސްކު ޖެހުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

02 ޑިސެންބަރު 2015 (ބުދަ) ދުވަހުގެ 11:00 އަށް

09 ޑިސެންބަރު 2015 (ބުދަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015