ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: PM/IL/2026/003
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 25 ޖަނަވަރީ 2026 11:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕޭމަންޓް މޯލްޑިވްސް އަށް މައިކްރޯސޮޕްޓް އޮފީސް 365 ލައިސަންސް ގަތުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މައިކްރޯސޮޕްޓް އޮފީސް 365 ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުޤުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްސީލް މައުލޫމާތު (ނަން، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު) އިންގޭނެ ގޮތަށް[email protected]  އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށެވެ.

 

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި

18 ޖަނަވަރީ 2026

އާދީއްތަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

21 ޖަނަވަރީ 2026

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

25 ޖަނަވަރީ 2026

އާދީއްތަ

11:30

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ، ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އިނގެނޭ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

12 ޖަނަވަރީ 2026