ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2015/73
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 30 ނޮވެންބަރު 2015 14:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

 

މަޤާމް: ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން،  ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • އޮތޯރިޓީއަށް އަންނަ އެންމެހައި ބިލްތަކަށް ފައިސާ ދެއްކުން.
  • ޕޭޓީ ކޭޝް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ފައިސާއާބެހޭ ދުވަހު ހިސާބު ތައްޔާރުކުރުމާއި، ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި، އާމްދަނީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ބެލެހެއްޓުން.
  • އެމް. އެމް .އޭ. އިން ފައިސާ/ޗެކު ނަގައި، ޖަމާކުރަންޖެހޭ ދުވަހު ނެގުމާއި ޖަމާކުރުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ދެވޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

މި މަޤާމަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

މަޤާމް: ހިޔުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން،  ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އެޗްއާރަށް އަންނަ ސިޓީ، އީ.މެއިލަށް ޖަވާބު ހޯދައި، ތައްޔާރުކޮށް، ފޮނުވުން.
  • މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބަލަހައްޓައި، ނަގަންޖެހޭ އެންމެހައި ރިޕޯޓްތައް ނެގުން.
  • މުވައްޒަފުންގެ ޕެންޝަނާ ގުޅޭ އެންމެހައި ކަންކަން ކުރުން.
  • އެސް. އޭ. ޕީ އެޗް. އާރު މޮޑިއުލްގެ މުވައްޒަފުންގެ ސްޓޭޓަސް އަޕްޑޭޓްކުރުން.
  • މުވައްޒަފުންގެ ޗުއްޓީއާއި އެހެނިހެން ޗިޓްތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޗުއްޓީއާއި އެހެނިހެން ޗިޓްތައް ތައްޔާރުކުރުން
  • އޮފީހުގެ އަހަރީ ރިޕޯޓަށް ބޭނުންވާ އެޗް. އާރު. ގެ މަޢުލޫމާތު އެއްކޮށް، ރިޕޯޓް ހެދުމަށް އެހީތެރިވެދިނުން.

 

އުޖޫރައާއި ޢިނާޔަތްތައް:

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ހެލްތު އިންޝުއަރެންސް ލިބޭނެއެވެ.

 ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ލިބޭނެއެވެ. 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

މި މަޤާމަށް މީހުން ނެގުމުގައި، މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމް ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބުނުނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް. ކިޔު. އޭ. އިން ޤަބޫލުކުރައްވާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

މި  މަޤާމުތަކަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  މަތީގައިވާ  ލިޔުންތަކާއެކު،  2015  ނޮވެންބަރު  30  ވާ  ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.lga.gov.mv  ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު، މި އޮތޯރިޓީގެ 3006724 ނަންބަރު ފޯނުންނާއި 3013116 ނަންބަރު ފޯނުން ސާފުވާނެއެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015