ދެންނެވުން
ނަންބަރު: 2026/03
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:04
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024 އަށް ގެނެވުނު ބައެއް އިޞްލާޙުތަކާ ގުޅޭ

"ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024" އަށް އަންނަނިވި އިސްލާޙުތައް ގެނެވިފައިވާނެކަމުގައި ދަންނަވަމެވެ.

  • އުޞޫލުގެ (5.2.1) ގެ "ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބަލާ ފޯމު ފުރިހަމަކުރުމުގައި އިދާރާގެ މުވައްޒަފުން ފުރިހަމަކުރާ ފޯމު ފުރިހަމަކުރުމުގައި ޚާއްސަ އިސްކަމެއްދޭންވީ ކަންތައްތައް"، މި ބައިގެ (ކ) އަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (5.3) ގެ "ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކާއި ދައުރު"، މި ބައިގެ (ށ) އަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (5.4) ގެ "ކައުންސިލް އިދާރާގެ މޭޔަރު/ރައީސް އަދި މެންބަރުންގެ މަސައްކަތްތަކާއި ދައުރު" މި ބައިގެ (ނ) އަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (5.5) ގެ "ސަބޯޑިނޭޓުންގެ ދައުރު"، މި ބައިގެ (ހ) އަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (5.6) ގެ "އިދާރާއިން ރެންޑަމްކޮށް ހޮވާލެވޭ މުވައްޒަފުންގެ ދައުރު"، މި ބައިގެ (ހ) އަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (6) ގެ "މަސައްކަތު ފެންވަރުބެލުމާބެހޭ ކަންތައްތައް ހިނގާނެގޮތުގެ ތާވަލު"، މި ބަޔަށް އިސްލާޙުގެނެވިފައި.
  • އުޞޫލުގެ (6.1) ގެ "ރަށު ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އިދާރީ މަސައްކަތްތައް އަތޮޅު ކައުންސިލުން ކުރިއަށްގެންދާނެގޮތުގެ ތާވަލް" މި ބައި އުނިކުރެވިފައި.

އަދި، މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް އިސްލާޙުކުރެވިފައިވާ "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2026" ބެއްލެވުމަށް ޓަކައި މި ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކު ބޭނުންކުރެއްވުމަށް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/62

11 ޖަނަވަރީ 2026