މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2026/2
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 18 ޖަނަވަރީ 2026 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ އޮފީސް އިމާރާތްތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި، ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް- އެމެންޑެްމެންޓް-1

އެމެންޑްމެންޓް-1  

 

ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިޒް އިމާރާތް، ހ.ރެޔާލް އިމާރާތާއި، ދަމަނަވެށި އިމާރާތް، އަދި އޮރެންޖް ހިޔާ އިމާރާތުގައި ހިމެނޭ ( މޯލްޑިވްސް މެޑިކަލް ސަރވިސަސް އަދި ނޭޝަނަލް މެންޓަލް ހެލްތް ޑިޕާރޓްމަންޓް)،އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފަރުކޮޅުގައިވާ ގުދަންތަކުގެ އިތުރުން ހ. މައިޒާން ދޮށުގޭގައިވާ އޮފީސް އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި، ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރި ނަންބަރު (IUL)23-PD(PMS)/23/2025/417 (31  ޑިސެމްބަރ 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ތިރީގައިމިވާ ގޮތަށް އިސްލާހު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 31 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 12 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

ތާރިޙް: 18 ޖަނަވަރީ 2026

ދުވަސް: އާދިއްތަ

ގަޑި : 10:30

ތަން: މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ)

22 ރަޖަބް 1447

11 ޖަނަވަރީ 2026