މަސައްކަތް
ނަންބަރު: (IUL)142-A1/1/2015/140
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 03 ޑިސެންބަރު 2015 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކަލަންޑަރު ވިއްކައިދޭނެ ފަރާތްތައް ހޯދުން

މި މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ކަލަންޑަރު ވިއްކައިދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. ހިޖުރީތާރީޚާއި މީލާދީތާރީޚާއި ނަކަތްތަކުގެ ދުވަސްތަކާއި ސަރުކާރުގެ ބަންދުދުވަސްތަކާއި ޢާންމުކޮށް ފާހަގަކުރަމުންދާ މުހިންމު ދުވަސްތައް ހިމަނާފައިވާ މި ކަލަންޑަރު ވިއްކައިދޭން ބޭނުންވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

ކަލަންޑަރެއްގެ އަގަކީ -/25 (ފަންސަވީސް) ރުފިޔާއެވެ. ވިއްކައިދޭ ކޮންމެ ކަލަންޑަރަކުން 3/58 (ތިންރުފިޔާ ފަންސާސް އަށެއް ލާރި) ވިއްކައިދޭ ފަރާތަކަށް ލިބޭނެއެވެ. 24 ކަލަންޑަރަށްވުރެ ގިނައިން ގަންނަނަމަ -/20 ރ. (ވިހި ރުފިޔާ) ގެ ރޭޓުން ކަލަންޑަރެއް ލިބޭނެއެވެ.

ވީމާ، ކަލަންޑަރު ވިއްކައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ޑިސެންބަރު 2015 (ބުރާސްފަތި) ވަނަ ދުވަހުގެ 13:00ގެ ކުރިން މިކަމަށް އެދި މި މިނިސްޓްރީގެ ނަންބަރު 3020271 ފޯނާ ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

10 ޞަފަރު 1437

22 ނޮވެންބަރު 2015