ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)94-H/94/2015/20
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 06 ޑިސެންބަރު 2015 14:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ސްޓްރެޓެޖިކް ޕްލޭން އަދި ބިޒްނަސް ޕްލޭން ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ޑިޕާޓްމަންޓުން 10 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ IUL)94-H/94/2015/14) ނަންބަރުގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އިޢުލާންކުރަމެވެ.

މަޤާމު:

ސްޓްރެޓެޖިކް ޕްލޭން އަދި ބިޒްނަސް ޕްލޭން ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/30,000 ރުފިޔާ

ބޭނުންވާ މުއްދަތު:

03 (ތިނެއް) މަސްދުވަސް

 

 

މަޤާމުގެ ޝަރުޠުތައް:

  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭ މީހަކަށްވުން.
  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

 

ތަޢުލީމާއި ތަޖުރިބާ:

  • މަސައްކަތާ  ގުޅޭ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ހިންގުމުގެ ދާއިރާއިގެ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކޮންސަލްޓަންސީ ދިނުމުގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

ސުންގަޑި:

ކޮންސަލްޓެންސީ ޕްރޮޕޯސަލް ހުށަހަޅާނީ، 2015 ޑިސެންބަރު 6 ގެ މެންދުރުފަހު 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިމިގެރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގޭގެ / 1 ވަނަ ފަންގިފިލާ)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
  • ސިވިލްސަރވިސް ނުވަތަ އެހެން އެއްވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ވަޒީފާ އަދާކުރިކަމުގެ ލިޔުން.

އިންޓަވިއު ކުރުން:

މި  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތަތަކަށް  އިންޓަވިއުކުރުން،  8 ޑިސެންބަރު 2015 އާއި، 10 ޑިސެންބަރު 2015 އާ ދެމެދު އޮންނާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

- މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (TOR) މި އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3330410 ނަންބަރު ފޯނަށް 3330411 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އާއި، އިމިގްރޭޝަނާބެހޭ ޤަވާއިދު ބަލައި މަޢުލޫމާތު ހޯދުން އެދެމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015