ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކަށް ޑަސްބިންކުނި އަދި މަހުގޮހޮރާއި ކަށި ފަދަ ކުނިވާ ޒާތުގެ ކުނި އަޅަމުންދިއުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށްތައް ހަޑިވަމުންދާކަމީ އެކަމުގެ ޝަކުވާ އަބަދުވެސް ކައުންސިލަށް ލިބޭ މައްސަލައެކެވެ. އަދި އެއީ ރަށުގެ ވެށި ސާފުކޮށް ބެހެއްޓުމަށްޓަކައި ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.
މިކަން ހައްލުކުރުމަށްޓަކައި އެކި ގޮތްގޮތުން ތަފާތު މަސައްކަތްތައް ކައުންސިލުންވަނީ މިގެ ކުރިންވެސް ކޮށްފައެވެ. އެގޮތުން، ރަށުގެ ހުޅަނގު ފަރާތު ފެންޕްލާންޓާވީ ބޭރު ސަރަހައްދުގައި ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އެޅުމަށް ހާއްސަކޮށް، ވަގުތީ ފާލަމެއް މިހާރުވަނީ ހެދިފައެވެ. އެސަރަހައްދު ރަށުގެ ހުޅަނގު ފަރާތުން ބޭރުމަގުގައި ބޯޑުޖަހައި ފާހަގަކުރެވިފައި ވާނެއެވެ. މީގެ އިތުރުން، ކޮންކްރީޓް އަދި ގައުކުނޑި އެޅުމަށްވެސް ވަކި ސަރަހައްދެއް ހާއްސަކޮށް ބޯޑުޖަހައި އެސަރަހައްދު ވާނީ ފާހަގަރެވިފައެވެ.
އެހެންކަމުން، 2026 ޖަނަވަރީ 09 (ހުކުރު) އިން ފެށިގެން، ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އަދި ކޮންކްރީޓް އަދި ގައުކުނޑި ދެންނެވިފައިވާ ސަރަހައްދު ނުން އެހެން އެއްވެސް ސަރަހައްދަކަށް އުކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި މަސްވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކުންވެސް މަސްކެނޑުމަށްފަހު އުކާލާ ކަރުގޮހޮރާއި މަހުގެ ބޯފަދަ ތަކެތި ދެންނެވިފައިވާ ސަރަހައްދު ނޫ ތަނަށްކަށް އުކުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމައެއްބާރުލުން ދެއްވުން އެދި ދަންނަވަމެވެ.
ވީމާ، ދެންނެވިފައިވާ ސަރަހައްދު ނޫން އެހެން އެއްވެސް ސަރަހައްދަކަށް ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އަދި ކޮންކްރީޓް، ގައުކުނޑި އަޅާ ފަރާތްތަކާއި މެދު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނޭކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.