|
އިޢުލާނު
|
|
މަޤާމު:
|
ހެޑް އޮފް އައި.ސީ.ޓީ ސަރވިސަސް
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް 10
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ މެނޭޖަރުން
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / އައި.ސީ.ޓީ ސެކްޝަން
|
|
މުސާރަ:
|
-/18,280 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:
|
- މަޤާމުގެ އެލަވަންސް: -/10,465 ރުފިޔާ
- ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/285 ރުފިޔާ
- ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/250 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޖުޑީޝަލް ގަވަރނަންސް، ޕޮލިސީ ފްރޭމްވޯކްސް، އަދި ދުސްތޫރީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންޓަޕްރައިސް ޓެކްނޮލޮޖީ ސްޓްރެޓެޖީ އާއި ޑިޖިޓަލް ރޯޑްމެޕް ކަނޑައަޅައި ތަންފީޒުކުރުން.
- ކޭސް މެނޭޖްމަންޓް ސިސްޓަމްތަކާއި، އީ-ފައިލިންގ ސޮލިއުޝަންތަކާއި، ޑިޖިޓަލް ރެކޯޑްތަކާއި، ޝެޑިއުލިންގއާއި، ޖުޑީޝަލް ރިޕޯޓިންގ ސިސްޓަމްތައް ހިމެނޭ ގޮތަށް ކޯޓާއި ޖަސްޓިސް-ސެކްޓަރ ޕްލެޓްފޯމްތައް ޑިޒައިންކުރުމާއި، ތަންފީޒުކުރުމާއި، ހިންގުމުގައި އިސްވެ ހަރަކާތްތެރިވުން.
- ހުރިހާ ކޯޓުތަކެއް 'ޖުޑީޝަލް ޕްރައިވެޓް ކްލައުޑް' އެއްގެ ދަށުން ގުޅާލައި، "ޑިޖިޓަލް ޖަސްޓިސް" ރޯޑްމެޕް އިސްވެ ތަންފީޛުކުރުން.
- ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިދާރީ އަދި ފަންނީ މަސައްކަތްތައް އޮޓޮމޭޓްކުރުން.
- ޝަރުޢީ ދާއިރާއިން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ހޯދޭނެ ފަންނީ އިންތިޒާމުތައް ތަރައްޤީކޮށް ބެލެހެއްޓުން.
- އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް (MCMS) ސަރުކާރުގެ އެހެން ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅާލައި، ޚިދުމަތްތައް ޒަމާނީކުރުން.
- 'ޑޭޓާ ގަވަރނަންސް' އަދި 'ޑިޒާސްޓަރ ރިކަވަރީ' ސިޔާސަތުތައް އެކުލަވާލުން.
- އައި.ސީ.ޓީ އާ ގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ސިސްޓަމްތައް ފެތޭތޯ ބަލައި ސެކިއުރިޓީ އޮޑިޓްތައް ހެދުން.
- ހުރިހާ ކޯޓުތަކާއި ޝަރުޢީ އިދާރާތަކަށް ބޭނުންވާ، މަޢުލޫމާތު ލިބެންހުރުމާއި، ޝަރުޢީދާއިރާގެ މަޢުލޫމާތު ބޭނުންކުރުމުގަޔާއި ގެންގުޅުމުގައި ނަޒާހަތްތެރިކަމާއި، ސިއްރުހިފެހެއްޓުމާއި، ބެލެހެއްޓުން ކަށަވަރުކުރުން.
- ޝަރުޢީ ދާއިރާގެ ޑޭޓާ ސެންޓަރު، ސަރވަރ، ސްޓޯރޭޖް، ނެޓްވޯކް، ވާޗުއަލައިޒޭޝަން ޕްލެޓްފޯމް، ކްލައުޑް އެންވަޔަރަންމަންޓްސް އަދި ސައިބަރ ސެކިއުރިޓީ ކޮންޓްރޯލްތައް ހިމެނޭ ގޮތަށް ހުރިހާ އައިޓީ އިންފްރާސްޓްރަކްޗަރެއް އިންތިޒާމުކޮށް ބެލެހެއްޓުން.
- އެތެރޭގަޔާއި، ބޭރުން ތައްޔާރުކުރާ ޖުޑީޝަލް ސޮފްޓްވެއަރ ސިސްޓަމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އަރކިޓެކްޗަރ ޑިޒައިން، ޑެވޮލޮޕްމެންޓްސް ޕްރެކްޓިސް، ސިސްޓަމް އިންޓަގްރޭޝަން، ޓެސްޓިންގ، ޑިވެލޮޕްމަންޓް ލައިފްސައިކަލް (އެސްޑީއެލްސީ) އަށް މަގުދައްކައިދީ އެކަންކަން ހިންގައި ބެލެހެއްޓުން.
- ޖުޑިޝިއަރީގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާގުޅިގެން ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ގާއިމުކުރަންޖެހޭ އިންޓަރ-އޭޖެންސީ އިންޓަގްރޭޝަންތައް ޤާއިމުކޮށް ބެލެހެއްޓުން.
- ކޯޓުތަކުގެ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ހިންގުމަށްޓަކައި ޑިޒާސްޓަރ ރިކަވަރީ (ޑީއާރު)، ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންގ (ބީސީޕީ)، ޤާއިމުކޮށް ބެލެހެއްޓުން.
- ޝަރުޢީ ދާއިރާ ހިންގުމުގެ އޮނިގަނޑާއި، ޑޭޓާ ޕްރޮޓެކްޝަން ޤާނޫނުތަކާއި، ޤަވާޢިދު ތަކާއި، އުސޫލުތަކާއި، ސައިބަރ ސެކިއުރިޓީގެ މިންގަނޑުތަކާއި، ސަރުކާރުގެ އައިސީޓީ ސިޔާސަތުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.
- ޓެކްނޮލޮޖީގެ ނުރައްކާތަކާއި، ޒަމާނީ ކުރުމުގެ މަސައްކަތްތަކާއި، ޑިޖިޓަލް ސިޔާސަތުތަކުން އަންނަ ބަދަލުތަކާއި، ޝަރުޢީ ދާއިރާގައި މިނިޒާމުތައް ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުން ޝަރުޢީ ދާއިރާ ހިންގުމުގެ އިސް ފަރާތްތަކަށް ބޭނުންވާ ލަފާދިނުން.
- ޝަރުއީ ދާއިރާއާއި ކޯޓުތަކުގެ އައި.ސީ.ޓީ. ވަސީލަތްތައް ރަނގަޅުކޮށް، އިންސާފު ހޯދުމަށް ފަހިކޮށް، އަދި ހިންގުން ހަރުދަނާކުރުމަށް އައި.ސީ.ޓީ. ގެ ޒަރީއާއިން އިޖާދީ އާ ގޮތްތައް ތަޢާރަފްކޮށް ކުރިއެރުވުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި އެ މުއްދަތުގެ ތެރެއިން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި އެ މުއްދަތުގެ ތެރެއިން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ
3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި އެ މުއްދަތުގެ ތެރެއިން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ބޭނުންވާ ތަޖުރިބާ
- ޖުޑީޝަލް ސިސްޓަމްސް، ސަރުކާރު، ޕަބްލިކް ސެކްޓަރ، ނުވަތަ ދައުލަތުގެ ވިޔަފާރިތަކުގެ ތެރެއިން ސީނިއަރ ޓެކްނޮލޮޖީ ލީޑަރޝިޕްގެ ތަޖުރިބާ ލިބިފައިވުން.
- ގައުމީ ފެންވަރުގެ ނުވަތަ ވިޔަފާރި ގްރޭޑްގެ ޝަރުއީ ނުވަތަ ސަރުކާރުގެ ޕްލެޓްފޯމްތައް ލައިވްކޮށް އޮޕަރޭޝަނަލްކޮށް ފޯރުކޮށްދިނުމުގައި ކާމިޔާބީ ދައްކާފައިވުން.
- އެންޓަޕްރައިސް އިންފްރާސްޓްރަކްޗަރ، ޑޭޓާ ސެންޓަރު، ނެޓްވޯކިންގ، އަދި ހާޑްވެއަރ ޕްލެޓްފޯމްތަކުގެ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިފައިވުން.
- ސޮފްޓްވެއަރ އިންޖިނިއަރިންގ، ސިސްޓަމް އަރކިޓެކްޗަރ، އަދި ބޮޑެތި ޕްލެޓްފޯމް ޑިވެލޮޕްމަންޓްގެ ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
- ގިނަ ޑޮމެއިންތަކެއްގެ ތެރެއިން ބޮޑެތި، ތަފާތު ފަންތިތަކުގެ އައިސީޓީގެ ފަންނީ ޓީމުތައް (އާންމުކޮށް 25+ މުވައްޒަފުން) ލީޑްކޮށް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- ހައިބްރިޑް އަދި ކްލައުޑް މާހައުލުތަކާއި، ސައިބަރ ސެކިއުރިޓީ ފްރޭމްވޯކްތަކާއި، ޕަބްލިކް ސެކްޓަރ އައިސީޓީ ދާއިރާގެ ހިންގުމުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
|
|
ތަޢުލީމީ ރޮނގު
|
- ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް، އިންފޮމޭޝާން ޓެކްނޮލޮޖީ، އިންފޮމޭޝަން ރިސޯސް މެނޭޖްމެންޓް، އިންފޮމޭޝަން ރިސޯސް ޑިޒައިން، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓްމް އެނަލިސިސް.
- މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ކޮމްޕިއުޓރ ސްސްޓަމްސް ނެޓްވަރކިން އެންޑް ޓެލެކޮމިއުނިކޭޝަން، ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް، އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ، ކޮމްޕިއުޓރ އެންޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓެލިޖެންސް.
- ސްފްޓްވެއަރ އިންޖިނިއަރިންގ، ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން.
- އާޓިފިޝަލް އިންޓެލިޖެންސް، ކްރިއޭޓިވް ޓެކްނޮލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް.
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
|
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ
2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.dja.gov.mv
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
|
މާރކްސް
|
|
އަސާސީ ޝަރުޠު ހަމަވުން
|
25
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓ
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
15
|
|
ޕްރެޒެންޓޭޝަން
|
15
|
|
އިންޓަރވިއު
|
30
|
|
ޖުމްލަ
|
100
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 23 ޖަނަވަރީ 2026 ން 20 ފެބުރުވަރީ 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341014 / 3340852 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
|