ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)345-CAA/345/2026/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 15 ޖަނަވަރީ 2026 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

އިޢުލާން

މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

 

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް

 

ބޭނުންވާ އަދަދު:

2 (ދޭއް)           

 

މަޤާމުގެ ގިންތި (މުއްދަތު):

-          ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

-          މުއްދަތު ހަމަވުމުން ދެފަރާތުން އެއްބަސްވާނަމަ މުއްދަތު އިތުރު ކުރެވޭނެއެވެ.

 

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް1

ސެކްޝަން:

ވޭސްޓް މެނޭޖްމަންޓް (މުނިސިޕަލް ސަރވިސް)

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 6 ގަޑިއިރު.

 

މުސާރަ:

-/7700 ރުފިޔާ

މަޤާމުގެ އެލަވަންސް:

2310/- ރުފިޔާ

ޑިއުޓީ އަށް ނިކުންނަ ކޮންމެ ދުވަހަކަށް:

-/60 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކުރިއަށް ގެންދާ ކުނި ބެލެހެއްޓުމާބެހޭ މަސައްކަތްކުރުން.
  2. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބީޗް ކަހާ ސާފުކުރުން.
  3. ކައުންސިލުން ކުރިއަށްގެންދާ މުނިސިޕަލް މަސައްކަތްތައް ކުރުން.
  4. މީގެ އިތުރުންވެސް ކައުންސިލުން ކުރިއަށް ގެންދާ އެހެނިހެން މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

  1. އިންޓަވިއު.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 15 ޖަނަވަރީ 2026 އާއި 19 ޖަނަވަރީ 2026 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ޢުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
  2. ވަޒީފާ އަށް އެދި ހުށައަޅާ ފޯމް.

 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.

 

08 ޖަނަވަރީ 2026