ނީލަން
ނަންބަރު: IUMH-AD/I/2026/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 20 ޖަނަވަރީ 2026 18:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުންނުކުރާ މުދާތައް ނީލަން ކިޔުން

މި ކުންފުނީގެ ބޭނުންނުކުރާ މުދާތައް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ ކުރިން 9:00 ން 18:00 ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑް ނަންބަރު، އީމެއިލް އަދި ގުޅޭނެ ނަންބަރު ތިރީގައިވާ އީމެއިލް އަށް 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ފޮނުވުން އެދެމެވެ.      

 

[email protected]

އީމެއިލް

 

މި ތަކެތި ބައްލަވާ ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލް ކުރެއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާ ފަރާތްތައް 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 18:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

1. ކޮންމެ ލިސްޓެއްގައިވެސް އެ ލިސްޓްގައިވާ ތަކެއްޗަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު ހިމަނާފައިވާނެއެވެ.

2. ލިސްޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅޭނީ ކޮންމެ ލިސްޓެއް އަގު ވަކިންނެވެ. އަދި އަގު ހުށަހަޅާއިރު އެ ލިސްޓްގެ މަތީގައިވާ ލިސްޓް ކޯޑް ނަންބަރު ޖެއްސެވުން އެދެމެވެ.

3. ނީލަމުގައި ހުރިހާ ތަކެތި ނުވަތަ އެންމެ ގިނަ ތަކެތި ނަގާ ފަރާތަށް އިސްކަންދެވޭނެއެވެ.

4. ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަން ވާނެއެވެ.

5. ފައިސާ ދެއްކުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އެއަށްފަހު އެތަކެއްޗަށް ލިބޭ ގެއްލުމަކަށް މި ކުންފުނިން ޒިންމާނުނަގާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 3001885 އަށް ގުޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ނީލަމުގައި ވިއްކާލަން ބޭނުންވާ ތަކެތީގެ ލިސްޓް އެއްކަރުދާސްކުރެވިފައިވާނެއެވެ.

08 ޖަނަވަރީ 2026