ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:52
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫ މަގުތަކަށް ވެލި އަޅައި އެއްވަރުކުރުމުގެ މަސައްކަތާއި ގުޅޭ
މި ރަށުގެ ބޮޑެތި މަގުތަކާއި ފެން ހެދޭ މަގުތަކަށް ވެލި އަޅައި މަގު އެއްވަރުކުރުމުގެ މަސައްކަތް، ކައުންސިލާއި ކުންފުނިތަކާއި ރައްޔިތުން ގުޅިގެން ކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުއެވެ. މި ހަރަކާތަކީ ރަށުގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކައުންސިލުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވީމާ، މި މަސައްކަތުގައި ރަށުގެ އެންމެހާ ރައްޔިތުންނާއި، މުވައްސަސާތަކާއި ކުންފުނިތަކުން އަމަލީގޮތުން ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޖަނަވަރީ 2026