ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2026/26
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 18:40
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ކުޅުދުއްފުށި ސިޓީގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލް

(IUL)38-AC/38/2026/26 :ނަންބަރު

އިޢުލާން

2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ކޯޑު

#

ކުޅުދުއްފުށި ސިޓީ، ހދ. ތައުލީމީ މަރުކަޒު، ހޯލު -  ހުޅަނގު

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށްގޮސް ކަނބޯރަނި ހިނގުމުން އިރަށް، އަމީނީމަގުން އުތުރަށް، މަނާޒުގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް، އިތާ ގޯޅިން އިރަށް އޯކިޑްމަގުން ދެކުނަށް ހިރުނދުމަގުން އިރަށް، ނިޔާމަ ގޯޅިން ދެކުނަށް ޖެކްސަން ކަންމަތިން އިރަށްގޮސް އުތުރަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި އުތުރު-1

B9-1.1

35

ކުޅުދުއްފުށި ސިޓީ، ޖަލާލުއްދީން ސްކޫލް، ހޯލު - އިރުމަތި

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން އުތުރަށްގޮސް އެމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި އުތުރު-2

B9-1.2

36

ކުޅުދުއްފުށި ސިޓީ، އެމް.އެން.ޔޫ -  ކުޅުދުއްފުށީ ކެމްޕަސް، ކުލާސްރޫމް 3

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށް ގޮސް މިސްކިތްމަގުން ހުޅަނގަށް ގޮސް މިސްކިތްމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި ހުޅަނގު އުތުރު-1

B9-2.1

37

ކުޅުދުއްފުށި ސިޓީ، އެމް.އެން.ޔޫ -  ކުޅުދުއްފުށީ ކެމްޕަސް، ކުލާސްރޫމް 4

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ނޫކޮކާގެ ކަންމަތިން ކަނބޯރަނި ހިނގުމުން އިރަށް ގޮސް އަމީނީމަގުން ދެކުނަށްގޮސް ނިކަގަސްމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް، މިސްކިތްމަގުން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި ހުޅަނގު އުތުރު-2

B9-2.2

38

ކުޅުދުއްފުށި ސިޓީ، ހދ. ތައުލީމީ މަރުކަޒު، ހޯލު - ހުޅަނގު

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުން ފެށިގެން އަމީނީމަގުން އުތުރަށް، މަނާޒު ގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް އިތާގޯޅިން އިރަށް، ރަންދިމަގުން ދެކުނަށް ގޮސް މަރުކަޒުމަގުން ހުޅަނގަށް، ސޯފިޔާ ހިނގުމުން ދެކުނަށް ބޯޅަދަނޑުމަގުން އިރަށްގޮސް ސަހަރާމަގުން ދެކުނަށްގޮސް މަގާންމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި މެދު އުތުރު-1

B9-3.1

39

ކުޅުދުއްފުށި ސިޓީ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޓީ.އާރް.ސީ

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުގެ އިރުމަތި ކޮޅުން ހުޅަނގަށް ގޮސް ސަހަރާމަގުން އުތުރަށް ގޮސް ބޯޅަދަނޑުމަގުން ހުޅަނގަށް ގޮސް ސޯފިޔާ ހިނގުމުން އުތުރަށްގޮސް މަރުކަޒުމަގުން އިރަށްގޮސް ރަންދިމަގުން ދެކުނަށްގޮސް އިތާގޯޅިން އިރަށްގޮސް އޯކިޑުމަގުން ދެކުނަށްގޮސް ހިރުނދުމަގުން އިރަށްގޮސް ނިޔާމަގޯޅިން ދެކުނަށްގޮސް ކުޑަފަރުގެ ކައިރިން އިރަށްގޮސް އެގޭގެ ދެކުނު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި މެދު އުތުރު-2

B9-3.2

40

ކުޅުދުއްފުށި ސިޓީ، އަމީރު އަމީން ސްކޫލް، ކުލާސްރޫމް 1

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ގުލާބީގެ ކަންމަތިން ގުލާބީ ހިނގުމުން އިރަށްގޮސް ކަބީލާގޯޅިން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން ހުޅަނގަށް ގޮސް އަމީނީ މަގުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި މެދު ދެކުނު-1

B9-4.1

41

ކުޅުދުއްފުށި ސިޓީ، އަމީރު އަމީން ސްކޫލް، ކުލާސްރޫމް 2

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެ މަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށް ގޮސް ގަލަދުން ގޯޅިން ދެކުނަށްގޮސް ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް ކަބީލާ ގޯޅިން އުތުރަށް ގޮސް ނިކަގަސް މަގުން އިރަށްގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން އިރަށްގޮސް އެމަގުގެ ދެކުނު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި މެދު ދެކުނު-2

B9-4.2

42

ކުޅުދުއްފުށި ސިޓީ، އަފީފުއްދީން ސްކޫލް، ހޯލު - އުތުރު 

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ލަގޮނޑިމާލިމީމަގުގެ ހުޅަނގު ކޮޅުން ފެށިގެން އިރަށް ގޮސް ބަންޑާރަމަގުން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް އަމީނީމަގުން ދެކުނަށް ގޮސް މުރަކަމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް ގޮސް ހޮނިހިރުހިނގުމުން ހުޅަނގަށް ގޮސް ހޮނިހިރުހިނގުމުގެ އުތުރު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި ހުޅަނގު ދެކުނު-1

B9-5.1

43

ކުޅުދުއްފުށި ސިޓީ، ނޮދަރން އޮފީސް ކޮމްޕްލެކްސް، ހޯލު

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުރަކަމަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި ހުޅަނގު ދެކުނު-2

B9-5.2

44

ކުޅުދުއްފުށި ސިޓީ، އަމީރު އަމީން ސްކޫލް، ކްލާސްރޫމް 3

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެމަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށް ގޮސް ގަލަދުންގޯޅިން ދެކުނަށްގޮސް ގުލާބީހިނގުމުން ހުޅަނގަށް ގޮސް އަމީނީމަގުން ދެކުނަށް ގޮސް ސަރުދާރުމަގުން އިރަށް ގޮސް ރަތްވިލާހިނގުމުން އުތުރަށް ގޮސް އަލީމަގުން އިރަށް ގޮސް އެމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި އިރު ދެކުނު-1

B9-6.1

45

ކުޅުދުއްފުށި ސިޓީ، އަފީފުއްދީން ސްކޫލް، ހޯލު - ދެކުނު

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ އަލީމަގުގެ އިރުމަތިކޮޅުން ފެށިގެން ހުޅަނގަށް ގޮސް ރަތްވިލާހިނގުމުން ދެކުނަށް ގޮސް ސަރުދާރު މަގުން ހުޅަނގަށް ގޮސް އަމީނީމަގުން ދެކުނަށް ގޮސް އަމީނީމަގުގެ އިރުމަތި ފަރާތުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކުޅުދުއްފުށި އިރު ދެކުނު-2

B9-6.2

46

ކުޅުދުއްފުށި ސިޓީ، ޖަލާލުއްދީން ސްކޫލް، ހޯލު - އިރުމަތި

މި ފޮށްޓައް ވޯޓުލާނީ ކުޅުދުއްފުށީގައި ދިރިއުޅޭ އެހެނިހެން ދިވެހިރައްޔިތުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ކުޅުދުއްފުށި އެހެނިހެން-1

B9-6.3

47

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ޖަނަވަރީ 2026