ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMC-HR/1/2026/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 14 ޖަނަވަރީ 2026 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް އިންޓަރނަލް އޮޑިޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

      އިޢުލާން ނަންބަރު: (IUL)VMC-HR/1/2026/1

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޗީފް އިންޓަރނަލް އޮޑިޓަރ

މުސާރަ (މަހަކު): -/23,058 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/8,070 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/6,917 ރުފިޔާ މަހަކު

-  ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންޓަރނަލް އޮޑިޓް  

ބޭނުންވާ އަދަދު: 1

1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. "IFAC" (އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރެއް ނުވަތަ ޗަޓަރޑް އިންޓަރނަލް އޮޑިޓަރ (CIA) އެއް ގެ ލައިސަންސް ލިބިފައިވުން (އަދި)،
  2. އޮޑިޓްކުރުމާ ގުޅޭ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އޮޑިޓިންގ ގެ ދާއިރާގައި ހަރަކާތްތެރިވެފައިވުން (އަދި)،
  3. ކޯޕަރޭޓް މާހައުލެއްގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގެ މަޤާމގެއްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ނުވަތަ)

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮޑިޓިންގ، އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން ހާސިލްކޮށްފައިވުން (އަދި)،
  2. އޮޑިޓްކުރުމާ ގުޅޭ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އޮޑިޓިންގ ގެ ދާއިރާގައި ހަރަކާތްތެރިވެފައިވުން (އަދި)،
  3. ކޯޕަރޭޓް މާހައުލެއްގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގެ މަޤާމގެއްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2.  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުގެ ހުރިހާ މަސައްކަތެއް ބެލެހެއްޓުމާއި، އޮޑިޓް ހަރަކާތްތައް ރަނގަޅަށް ޕްލޭންކޮށް، ހިންގުމާއި، ރިޕޯޓްކުރާ ޓީމަށް ސްޓްރެޓެޖިކް މިސްރާބާއި، އިރުޝާދާއި، ސަޕޯޓް ދިނުން.
  2. އޮޑިޓް ކޮމިޓީ/ބޯޑުން ފާސްކޮށްފައިވާ ރިސްކް ބޭސްޑް އިންޓަރނަލް އޮޑިޓް ޕްލޭނެއް އެކުލަވާލައި ، ޕްލޭން ތަންފީޛު ކުރުމަށް ބޭނުންވާ ވަޞީލަތްތައް އަދާހަމަކޮށް، ޕްލޭން އާ އެއްގޮތަށް އޮޑިޓްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
  3. ކޯޕަރޭޝަންގެ އޮޑިޓް ޗަޓަރ އެކުލަވާލުން.
  4. ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލްސް ތަކުގެ ތެރޭގައި ހިމެނޭ މާލީ، އޮޕަރޭޝަނަލް، އައިޓީ، ކޮމްޕްލައަންސް ހުރީ އެކަށީގެންވާ މިންގަނޑެއްގައިތޯ ބަލައި އިވެލުއޭޓްކުރުން.
  5. ކޯޕަރޭޝަންގެ ގަވަރނަންސް ޕްރޮސެސްތަކާއި، ފްރޯޑް ރިސްކް ލެވެލް އަދި އެކި އެކި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ސިޔާސަތުތަކަށް އަމަލުކުރާ މިންވަރު ވަޒަންކޮށް ރިޕޯޓްކުރުން.
  6. އިންޓަރނަލް އޮޑިޓް ފަންކްޝަންގެ މިނިވަންކަން ކަށަވަރުކޮށްދީ، ބޯޑު/އޮޑިޓް ކޮމިޓީއަށް ފަންކްޝަނަލްކޮށް އަދި ސީއީއޯ/އެމްޑީއަށް އިދާރީ ގޮތުން ރިޕޯޓްކުރުން.
  7. ކޯޕަރޭޝަންގެ އިންޓަރަނލް އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، ހޯދުންތަކާއި ލަފާތައް ބޯޑު އޮޑިޓް ކޮމިޓީއަށް ހުށަހެޅުމާއި، އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި އިސްލާހީ އިންތިޒާމް ކުރިއަށް ގެންދިއުން. 
  8. ކޯޕަރޭޝަނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، އަދި މިހާރު ކޯޕަރޭޝަނުގައި ހުރި ބަލިކަށިކަންތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކާއި، އަދި ކޯޕަރޭޝަނަށް ހުރި ފުރުޞަތުތައް ހޯދައި ދިރާސާކޮށް ކޯޕަރޭޝަންގެ ބޯޑަށާއި، މެނޭޖްމަންޓަށް ލަފާއެރުވުން.
  9. ކޯޕަރޭޝަނަށް ކުރިމަތިވެދާނެ ރިސްކުތަކަށް ހުރިހާ މުވައްޒަފުން އަހުލުވެރިކުރުވުމާއި، ކޮމްޕްލަޔަންސް އަދި ސުލޫކު ހިފެހެއްޓޭނެ ސަޤާފަތެއް އެކަށައެޅުމަށް މަސައްކަތް ކުރުން. 
  10. ކޯޕަރޭޝަނުން ހަވާލުކުރެވޭ މިނޫންވެސް ރަސްމީ މަސައްކަތްތައް ކުރުން.
  11. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

2.1  އެހެނިހެން ޒިންމާތައް:

  1. ޤައުމީ އަދި ބައިނަލްއަޤްވާމީ ފައިނޭންޝަލް ރިޕޯޓިންގ އަދި އިންޓަރނަލް އޮޑިޓިންގ މިންގަނޑުތަކަށް ތަބާވާންވާނެއެވެ.
  2. ޤާނޫނުތަކާއި، ޤަވާޢިދުތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޕަރޭޝަންތައް ހިންގުމާގުޅޭގޮތުން އެކުލަވާލެވިފައިވާ ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ތަބާވާންވާނެއެވެ.
  3. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ނުފޫޒުން އެއްކިބާވެހުރެ މިނިވަންކަމާއެކު ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަންވާނެއެވެ.
  4. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާ އުސޫލުތަކާއި އެންގުންތަކަށް ޢަމަލުކުރަންވާނެއެވެ.

 

3.  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  5. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.
  7. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 5.  އިތުރު މަޢުލޫމާތު:

  1. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  2. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  3. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  4. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  5. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  6. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

07 ޖަނަވަރީ 2026