މަސައްކަތް
ނަންބަރު: GS-202/IUL/2015/20
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 01 ޑިސެންބަރު 2015 10:30
ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވިޔަފާރީގެ އުސޫލުން މި މަދަރުސާގެ ސެކިއުރިޓީ، 01 ޖަނަވަރީ 2016 އިން ފެށިގެން އެއް އަހަރުދުވަހަށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވުމާއެކު، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2015 ޑިސެންބަރު 1 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މި މަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް، އެހެންމީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.

ބިޑަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

އަގު:                       %70

ތަޖުރިބާ                      %20

މުވައްޒަފުންނާއި ކުންފުނި ޖަމާޢަތް       % 10

22 ނޮވެންބަރު 2015