ނީލަން
ނަންބަރު: 688-A/2026/1 ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 14 ޖަނަވަރީ 2026 12:00
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ބާވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

 

އިޢުލާން

 

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 15 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޙަށް މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 03 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ރަޖަބް 1447ހ.

06 ޖަނަވަރީ 2026މ.

07 ޖަނަވަރީ 2026