ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/03
އިޢުލާން
ހޮސްޕިޓަލުގައި ހަރުކުރެވިފައިވާ އެއަރކަންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގައި ހަރުކުރެވިފައިވާ އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބެލެއްޓުމާއި، އެއަރކޮންޑިޝަންތައް ހަރުކޮށްދިނުމުގެ މަސައްކަތް 2(ދޭއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2026 ވަނަދުވަހުގެ 11:00 އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި ބިޑުގައި ރަޖިސްޓްރީކުރުން 11 ޖަނަވަރީ 2026، 11:00 އަށް
އަންދާސީ ހިސާބް ހުށަހެޅުން: 20 ޖަނަވަރީ 2026، 11:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)