ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PM/242/2015/1006
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 02 ޑިސެންބަރު 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫގެ ފުޓްސަލް ދަނޑު ތަރައްޤީކުރާ ބިމުގައިހުރި ރުއްތަކާބެހޭ

ރަތަފަންދޫގައި ސްޕޯރޓްސް އެރީނާ ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑު ހިމެނޭ ސަރަޙައްދުގައި ހުރި، ހުދު ދަވާދުން ނަންބަރުޖަހާފައިވާ ފޯދުނު 23 ދިވެހިރުކާއި ނުފޯދޭ 1 ދިވެހިރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިރުއްތަކުގެ ވެރިފަރާތެއް ވާނަމަ އެރުއްތަކަކީ އެމީހެއްގެ ރުއްތަކެއްކަން ސާބިތުކޮށްދެވޭނެ ހެއްކާއެކު 2015 ޑިސެންބަރު 2 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިއިދާރާއަށް ސިޓިއަކުން ހުށައެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން މިކަމަށް އިޖާބަނުދީފިނަމަ ނުވަތަ އެމީހެއްގެ ރުއްކަމަށް ސާބިތުކޮށްދެވޭވަރަށް ހެކި ހުށަނޭޅުނުނަމަ މިރުއްތަކަކީ ވެރިފަރާތެއް ނެތް، ރައްޔިތުންގެ ރުއްކަމަށް ކަނޑައަޅައި މިހުރިހާރުކެއް މިތަނުން ނެގޭނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                             7 ޞަފަރު 1437

19 ނޮވެންބަރު 2015