ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2026/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 08 ޖަނަވަރީ 2026 11:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ނަޑެއްލާ ކައުންސިލްގެ އިދާރާގެ އެކި ސެކްޝަންތަކުގައި ހުރި މިހާރު ހަލާކުވެފައިވާ އޭސީތައް ނަގައި އަދި މި އިދާރާއިން ޙަވާލުކުރާ އޭސީ އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުރުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 07 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު އަދި ސައިޓް ބެލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން ސައިޓް ބެއްލެވުން އެދެމެވެ.

 

 

ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅިގެން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

ކޯޓޭޝަން ހުށަހެޅުން އޮންނާނީ 08 ޖެނުއަރީ 2026 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

06 ޖަނަވަރީ 2026