ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-C/94/2013/39
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 14:43
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ސްކޫލު ބަންދާ ދިމާކޮށް ޕާސްޕޯޓު ހެއްދުމާބެހޭ

ކޮންމެ އަހަރުކުވެސް ސްކޫލް ބަންދާ ދިމާކޮށް ގިނައަދަދެއްގެ ބަޔަކު ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ޕާސްޕޯޓާބެހޭ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ގިނަވަގުތު ކިއުގައި މަޑުކުރަންޖެހުމާއި، ޚިދުމަތް ދިނުމަށް ތަފާތުދަތިތަކާ ކުރިމަތިވާކަން ފާހަގަކުރަމެވެ. އަދި ޕާސްޕޯޓަށް ނުބައްލަވައި ދަތުރު ރޭވުމުން ބައެއްފަހަރު ބޭނުންވާހާ އަވަހަށް ޕާސްޕޯޓް ހައްދަވައިނުދެވިދާނެކަމުގައި ދެންނެވީމެވެ. ވީމާ، ސްކޫލު ބަންދަށް ރާއްޖެއިން ބޭރަށް ދިއުމަށް ރާވާފައިވާ ބޭފުޅުން ވަގުތުއޮއްވައި ޕާސްޕޯޓް ހެދުމަށް އިލްތިމާސްކުރަމެވެ.

މިގޮތުން ޕާސްޕޯޓުގެ މުއްދަތުހަމަވެފައިވޭތޯ ބެލުމާއި ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުންފެށިގެން ޕާސްޕޯޓުގެ މުއްދަތުގައި ހަމަސްދުވަސް އޮތްތޯ ބެލުމަށް ދެންނެވީމެވެ. ޕާސްޕޯޓް އައުކުރުމަށް ހުށާހަޅާއިރު، އެފަރާތަކަށް އެންމެފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތުހަމަވެފައި ވީ ނަމަވެސް، ޕާސްޕޯޓް އައުކުރަން އެދޭފޯމާއެކު ހުށަހަޅަންޖެހޭކަން މަޢުލޫމާތަށްޓަކައިދެންނެވީމެވެ. އަދި ޕާސްޕޯޓު ގެއްލިފައިވާނަމަ، ޕާސްޕޯޓު އައުކުރެވޭނީ، ޕޮލިސް ރިޕޯޓް ހުށަހެޅުމުންކަމުގައި ދަންނަވަމެވެ.

މިފުރުޞަތުގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދޭފަރާތްތަކުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަދި އިމިގްރޭޝަނުގެ މުވައްޒަފުންނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރަމެވެ.

15 ޖުލައި 2013