ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2026/7
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 14 ޖަނަވަރީ 2026 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުން އަލަށް ގޯތި ދޫކުރެވުނު ސަރަހައްދުގެ މަގު ގޯޅިތަކަށް އަރާ ރުއްގަހުގެ ވެރިން ހޯދުން

އަލަށް ގޯތި ދޫކުރެވުނު ސަރަހައްދުގެ މަގު ގޯޅި ތަކަށް އަރާ ރުއްގަހުގެ ވެރިން ، މިއަދުން ފެށިގެން 2026 ޖަނަވަރީ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ އެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. މަގު ގޯޅި ތަކުގައި ނަންބަރު ޖަހާފައިވާ ގޮތުގެ ތަފްޞީލް ތިރީގައި ދެންނެވީމެވެ.

  1. ތަކުރުފާނު މަގު (ބާރަށު މެޖިސްޓްރޭޓް ކޯޓު ހުޅަނގު މަގު) ، ރީތީގެ ރާނީ ހިނގުމުގެ (ބާރަށު ޕްރީސްކޫލް އުތުރު މަގު) އުތުރުން، ވަށަމަގާއި ( ރިންގުރޯޑް) ހަމައަށް  ( 237 ރުއްގަހުގައި ރަތްކުލަ އަދި ފެހި ކުލައިގެ ސްޕްރޭ އިން C އަކުރު ޖަހާފައި )
  2. ހިތަށްފިނިވާ މަގު ( 26 ރުއްގަހުގައި ރަތް ކުލައިގެ ސްޕްރޭއިން D އަކުރު ޖަހާފައި )
  3. ދުވާފަރު މަގުގެ އިރުން ދޫކުރި ގޯތިތަކުގެ މަގު ގޯޅިއަށް އަރާފައިވާ ރުއްގަސް (32 ރުއްގަހުގައި ފެހި ކުލައިގެ ސްޕްރޭ އިން F އަކުރު ޖަހާފައި)
  4. ދެކުނުން ދޫކުރި 51 ނަންބަރު ލިލީމާގެ ސާޖިދު ރަޝީދު ގޯތީގެ އުތުރު މަގު (17 ރުއްގަހުގައި ފެހި ކުލައިގެ ސްޕްރޭ އިން Z  އަކުރު ޖަހާފައި)
  5. 5.      ދެކުނުން ދޫކުރި 79 ނަންބަރު ޒަމާނީކުލަ އާމިނަތު މަޢީޝާގެ ގޯއްޗާއި 83 ނަންބަރު ދެކުނުގެ ޙުސައިން ހާރޫންގެ ގޯތީގެ ދެމެދުގައިވާ ގޯޅި  ( 12 ރުއްގަހުގައި ފެހި ކުލައިގެ ސްޕްރޭ އިން E އަކުރު ޖަހާފައި)

                   ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވ

06 ޖަނަވަރީ 2026