މަސައްކަތް
ނަންބަރު: (IUL)434-PRC/434/2026/3
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 12 ޖަނަވަރީ 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
31 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/328 އިޢުލާނުގައި ލިޔުމުގެ ކުށަކުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ބަދަލުގައި 1 (އެކެއް) ދުވަސް ޖެހިފައިވާތީ، އެކަން އިސްލާޙުކޮށް އާންމުކޮށް އެންގުން

31 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/328 އިޢުލާނުގައި ލިޔުމުގެ ކުށަކުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ބަދަލުގައި 1 (އެކެއް) ދުވަސް ޖެހިފައިވާތީ، އެކަން އިސްލާޙުކޮށް އާންމުކޮށް އެންގުމަށް؛

މި އޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ހިންގަމުންގެންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް، މި އޭޖެންސީއިން ކަނޑައަޅާ ބަޔަކާއި، އެބައެއްގެ ލަގެޖް އަދި ފޮނުވަންޖެހޭ މުދަލާއި ތަކެތި އުފުލުމަށް މާލެއާއި ކ.ހިންމަފުއްޓާއި ދެމެދު ކުރަންޖެހޭ ކަނޑުދަތުރުތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް 31 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/328 އިޢުލާނުގައި ލިޔުމުގެ ކުށަކުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ބަދަލުގައި 1 (އެކެއް) ދުވަސް ޖެހިފައިވާތީ، އެކަން އިސްލާޙުކޮށް ޚިދުމަތް ހޯދާ މުއްދަތަކީ 1 (އެކެއް) އަހަރު ދުވަސްކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: IUL434-PRC/434/2025/328 އިޢުލާނުގައި ބަޔާންކޮށްފައިވާ ބީލަން ހުށަހަޅަންޖެހޭ ތާރީޚްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅާ ލިޔުންތައް ހަވާލާދެވިފައިވާ އޮންނަންވާނީ ނަންބަރު: IUL434-PRC/434/2025/328 އިޢުލާނަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

31 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/328 އިއުލާނާއި ގުޅޭ އިސްލާޙުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ކަރުދާސް (ޚިދުމަތް ހޯދާ މުއްދަތު 01 ދުވަހުގެ ބަދަލުގައި 01 އަހަރު ދުވަހުގެ މުއްދަތަށް ބަޔާންކުރެވިފައިވާ) އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

12 ޖަނަވަރީ 2026 (ހޯމަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

05 ޖަނަވަރީ 2026