ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)295-A/295/2026/02
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 13 ޖަނަވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް މަސައްކަތު މީހަކު ހޯދުމަށް

                                                                ނަމްބަރ: (IUL)295-A/295/2026/02

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ނ.ހޮޅުދޫ ޕްރީސްކޫލްގެ މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުއައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:       

01 (އެކެއް)

މުއްދަތު:

ދިރާސީ 01 އަހަރު

މުސާރައާއި ޢިނާޔަތް:

މުސާރަ މަހަކު 2,500.00 ރުފިޔާ

އެލަވަންސް: 

މިނިމަމް ވޭޖް އެލަވަންސް:      2,547.50 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 5 ގަޑިއިރު

މީގެއިތުރުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރަސްމީގަޑީގެ 15 މިނިޓްކުރިން ކްލާސްރޫމާއި އޮފީސްތެރެ ކުނިކަހާ މޮޕްލާ ސާފުކުރުމާއި ގޮނޑި، މޭޒުފަދަ ކުދިން ބޭނުންކުރާ ތަކެތި ފޮހެ ސާފުކުރުން.
  2. ޕްރީސްކޫލް ގޯތިތެރެއާއި މަގުމަތި ކުނިކަހާ ސާފުކުރުން.
  3. ޕްރީސްކޫލް ކުޑަދޮރުތަކުގެ ބިއްލޫރިތައް ހަފްތާއަކު 02 ފަހަރު ކްލީނަރ ބޭނުންކޮށްގެން ފޮހެ ސާފުކުރުމާއި، ކަބަޑްތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން
  4. ފާޚާނާތައް ހަޑިވިޔަނުދީ ޤަވާޢިދުން ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން.
  5. ރަސްމީގަޑީގައި ކުދިން ފާޚާނާއަށް ގެންގޮސް ހެދުމާއި، ޓީޗަރުން އެދިލައްވާ ސްކޫލްގެ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން.
  6. ސްކޫލުން އެކިތަންތަނަށް ފޮނުވާ ލިޔެކިޔުންތައް ޙަވާލުކުރުން.
  7. ޕްރީސްކޫލުން ހިންގާ ތަފާތު އިތުރު ޙަރަކާތްތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުން
  8. އަމިއްލަ ސާފުތާހިރުކަމާއި ހެދުން އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ މިންގަނޑު ހިފެހެއްޓުން.
  9. މީގެއިތުރުންވެސް ޓީޗަރުން އަންގާ ޕްރީސްކޫލްގެ މަސައްކަތާގުޅޭ ކަންތައްތައް ކުރުން.
  • ސްކޫލްގެ އެއްވެސް ވާހަކައެއް، ލިޔުމެއް ކަމާނުބެހޭ ފަރާތްތަކަށް ނުދެއްކުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖެނުއަރީ 13 ވަނަ ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

05 ޖެނުއަރީ 2026

05 ޖަނަވަރީ 2026