|
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު
|
ޖީ.ސީ.އީ އޯލެވެލް
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާޞިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
- ކުރިއަށް އޮންނަ ހަފްތާގެ ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒްކޮށްގެން ތައްޔާރުކޮށް އެތަކެތި ކްލާހުގައި ބޭނުންކުރުން.
- ކްލާސްރޫމަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާހައުލަކަށް ހެދުމާއި ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވާ އިންތިޒާމްކުރުން.
- ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ޙިއްޞާކުރުން.
- ކުދިންނާއިގުޅޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރުން
- ކުދިންގެ ތަޢުލީމީ ކުރިއެރުން ( ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް ) ޤަވާޢިދުން ބަލަހައްޓާ، އެމަޢުލޫމާތު ޤަވާޢިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން. ( ޕޯޓްފޯލިޔޯ، އެނެކްޑޯޓަލް ރިކޯރޑްސް )
- ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
- ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ޙާލަތްތަކުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
- ކުދިން ކުލާހަށް އައުމަށްފަހު ކިޔަވާ ނިމެންދެންނާއި، އަދި ކިޔަވާ ނިމުމުން، އެކުދިންގެ ބެލެނިވެރިން އެކުދިންނާއި ޙަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
- އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
- ހަމަހަމަ ގޮތެއްގައި ސްކޫލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުން.ސްކޫލުން ރާވާ ގޮތެއްގެމަތިން ކިޔަވައިދިނުމުގައި ޓީޗަރަށް އެހީތެރިވެދިނުން.
- އެއްވެސް ކުއްޖަކު ދޫކޮށްނުލާ ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށް ގެންދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަންދީގެން ކުރިއަށް ގެންދިޔުން.
- ސްކޫލުން ރާވާ ގޮތެއްގެމަތިން އިދާރީ މަސައްކަތްކުރުން.
- ކިޔަވައިދިނުމުގެ އިތުރުން ފަންނީ މުއައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން.
- ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިވެދިނުން.
- ސްކޫލާއި ކްލާސްރޫމަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާހައުލެއް ޤާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުއައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއް ކަމުގައި ހެދުން.
- ޕްރީސްކޫލް އޮފީހުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ސްޓޮކް ބެލެހެއްޓުން.
- ޕްރީސްކޫލް އިންވެންޓްރީ ބެލެހެއްޓުން.
- ޕްރީސްކޫލަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މުއައްސަސާތަކަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ހޯދުމަށްފަހު ކައުންސިލް އިދާރާއަށް ބިލް ހުށަހެޅުން.
- ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން ޙާޟިރީ ރިޕޯރޓާއި އިތުރުގަޑީގެ ޙާޟިރީތައް ކައުންސިލްގެ އިދާރާއަށް ފޮނުވުން.
- ޕްރީސްކޫލް މުއައްޒަފުންނާއިގުޅޭ ކަންކަން ބެލެހެއްޓުން.
- ޕްރީސްކޫލް ކުދިންގެ ރެކޯރޑްސް ބެލެހެއްޓުން.
- މުއައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
- މަޤާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- އަމިއްލަ ސާފުތާހިރުކަމާއި ހެދުން އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ މިންގަނޑު ހިފެހެއްޓުން.
- މީގެއިތުރުންވެސް ކައުންސިލުން އަންގާ ޕްރީސްކޫލާގުޅޭ މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖެނުއަރީ 13 ވަނަ ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް
އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- އައިޑީކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
|
އިތުރު މަޢުލޫމާތު:
|
- މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560009 ނަންބަރު ފޯނަށެވެ.
- އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
|