ވަޒީފާގެ ފުރުޞަތު
ނަންބަރު: PM/IL/2026/001
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 15 ޖަނަވަރީ 2026 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޝަރުތުހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމު:

ރިސަރޗް އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެސޯސިއޭޓް

 

ސެކްޝަން / ޑިވިޜަން

އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިންގ އެންޑް ފިނޭންސް، ފިންޓެކް، ކޮމްޕިއުޓަރ ސައިންސް، ބިސްނަސް އެނަލިޓިކްސް، ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުން.
  • އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެނަލިޓިކްސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ޕޭމަންޓް ސިސްޓަމްތަކުގެ އިމްޕްލިމެންޓޭޝަން ނުވަތަ އޮޕަރޭޝަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އައު ފިންޓެކް ޕްރޮޑްކްޓްތަކާއި ހިދުމަތްތައް ތައާރަފް ކުރުމަށްޓަކައި ބޭނުންވާ މާކެޓް ރިސާރޗް ހެދުމާއި ޕޭމަންޓް ޓްރެންޑްތައް ދިރާސާކޮށް އެކަމާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
  • ކުންފުނީގެ ހިދުމަތްތަކާއި ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެކުލަވާލުމާއި ބެލެހެއްޓުން.
  • ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ގުޅޭ ޕްރޮޖެކްޓްތަކުގެ އެކި ޑޮކިއުމެންޓޭޝަންތައް އެކުލަވާލުމާއި، ބިޒްނަސް ރިކުއަޔަރމަންޓްތައް ދެނެގަނެ އެކުލަވާލުމާއި، ޔޫސާރ އެކްސެޕްޓަންސް ޓެސްޓިންގ މަސައްކަތްކުރުން.
  • ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް އަދި އިންޕްލިމެންޓޭޝަން މަރުހަލާގައި ވެންޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތްކުރުން.
  • ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ފިންޓެކްގެ އައު އިނޮވޭޝަންތައް ދިރާސާކޮށް އަހުލުވެރިވުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

 

މަޤާމު:

 

ސެޓިފިކޭޝަން އެންޑް އެކްރެޑިޓޭޝަން އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކް، ކޮމްޕިއުޓަރ ސައިންސް، ބިސްނަސް އެނަލިޓިކްސް، ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުން.
  • އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެނަލިޓިކްސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ޕޭމަންޓް ސިސްޓަމްތަކުގެ އިމްޕްލިމެންޓޭޝަން ނުވަތަ އޮޕަރޭޝަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ބައިވެރިން އޮންބޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކޮށް ބެލެހެއްޓުމާއި، އެ ފަރާތްތަކުގެ ސެޓިފިކޭޝަން މަރުހަލާގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ޔޫސަރ އެކްސެޕްޓަންސް ޓެސްޓިންގ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ސައިބަރސެކިއުރިޓީ އާއި އޮޕަރޭޝަނަލް ރެސީލިއަންސް އެސެސްމަންޓްތައް ހެދުން.
  • އައު ފިންޓެކް ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ޓެސްޓްކޮށް މާކެޓަށް ތައާރަފްކުރުމަށްޓަކައި ޤާއިމުކުރާ ސޭންޑްބޮކްސް އެންވަރަމަންޓް ސެޓްއަޕްކޮށް ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތައް ކުރުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)


މަޤާމު:

 

ޕޭމަންޓް އޮޕަރޭޝަންސް އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

ޕޭމަންޓް ސަރވިސަސް އެންޑް އޮޕަރޭޝަންސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

03 (ތިނެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކް، ކޮމްޕިއުޓަރ ސައިންސް، ބިސްނަސް އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުން.
  • އައިޓީ އެޑްމިނިސްޓްރޭޝަން ނުވަތަ ޑާޓާ އެނަލިޓިކްސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ޕޭމަންޓް ސިސްޓަމްތަކުގެ އިންޕްލިމެންޓޭޝަން ނުވަތަ އޮޕަރޭޝަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަންސްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ސިސްޓަމްތަކުގެ ސްޓޭޓަސް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ބައިވެރިންނަށް ހެލްޕްޑެސްކްގެ ޚިދުމަތް ދިނުމާއި، އެކުލަވާލެވިފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާއި މެނުއަލްތަކާއި އެއްގޮތަށް އިންސިޑެންޓް ތަކަށް އެޓެންޑްވުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ބައިވެރިންނަށް ދޭންޖެހޭ ޓްރެއިނިންގ ދިނުން.
  • ދުވަހުން ދުވަހަށް އަދި މަހުން މަހަށް އެކުލަވާލަންޖެހޭ ޕޭމަންޓް ސިސްޓަމްތަކާއި ގުޅުންހުރި ޑާޓާތައް އެނަލައިޒްކޮށް ތައްޔާރު ކުރަން ޖެހޭ ރިޕޯޓްތަކުގެ މަސައްކަތްތައް ކުރުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

15 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

05 ޖަނަވަރީ 2026