ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2015/307
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 03 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީން ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ޤާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ރޭންޖާރސްއަށް ކުރެވުނު ނަންބަރު: IUL)438/438/2015/242) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ރޭންޖާރސް

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (އައްޑޫސިޓީ ހިތަދޫ)

މުސާރަ:

ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000 ރުފިޔާއާއި -/13,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލުކޮށްފައިވުން؛

ނުވަތަ،

(ށ) ބިޒްނަސް/ މެނޭޖްމަންޓް/ ކޮމަރސް/ ފިނޭންސް/ ލޯ/ ޕްރޮކިއުމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލު ކޮށްފައިވުމާއެކު، ދާއިރާގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން ޢައްޔަނު ކުރެވޭނީ 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖަނަވަރީ 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޑިސެންބަރު 03 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް

19 ނޮވެންބަރު 2015