ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2026/3
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 07 ޖަނަވަރީ 2026 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އިޤްރައުލް ޤުރްއާން" ކީރިތި ޤުރްއާން ޚަތިމް ކުރުމުގެ ޕްރޮގްރާމާއި ގުޅޭ

އިޢުލާން

 

"އިޤްރައުލް ޤުރްއާން" ކީރިތި ޤުރްއާން ޚަތިމް ކުރުމުގެ ޕްރޮގްރާމާއި ގުޅޭ:

ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި، ފޭދޫ އަވަށު އޮފީހާއި އަލް-މަނާރު ގުޅިގެން ފޭދޫގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން "އިޤްރައުލް ޤުރްއާން" މި ނަމުގައި ކުރިއަށް ގެންދެވޭ ކީރިތި ޤުރްއާން ޚަތިމް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 08 ޖަނަވަރީ 2026 އިން 23 ޖަނަވަރީ 2026ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފޭދޫ ގައި ދިރިއުޅޭ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ، ބަލައިގެން ޚަތިމުން ކިޔަވަން އެނގޭ ދަރިވަރުންނަށެވެ.

މިޕްރޮގްރާމްގެ އުޞޫލާއި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ގޫގަލްފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 14:00އެވެ. ޕްރޮގްރާމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާކުރުމަށް މިއޮފީހުގެ ނަންބަރު 6892018 އަށް ގުޅުވުން އެދެމެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ގޫގަލްފޯމް: https://forms.gle/X2ZyjRwLP9Rr2HWM9

 

16 ރަޖަބު 1447

05 ޖަނަވަރީ 2026

05 ޖަނަވަރީ 2026