މަސައްކަތް
ނަންބަރު: (IUL)278/278/2026/2
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި:
08 ޖަނަވަރީ 2026 10:15
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ނަރުދޫގައި ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް
- މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޮންނަންޖެހޭ ކޯރުގެ ދިގުމިނަކީ 904 މީޓަރ އެވެ.
- މި ޕްރޮޖެކްޓަށް ކޯޓޭޝަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. ކޯޓޭޝަން ހުށަހެޅުމާއި ކޯޓޭޝަން ހުޅުވުން އޮންނާނީ 08 ޖަނަވަރީ 2026 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- ކޯޓޭޝަން އާއެކު ވިޔަފާރި ރަޖިސްޓްރީ ކޮފީ ހުށައަޅަން ވާނެއެވެ.
- ކޯޓޭޝަންއާ ގުޅިގެން ސުވާލެއްވާނަމަ 07 ޖަނަވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކޯރު ކޮންނަންޖެހޭ ސަރަހައްދުތަށް ފާހަގަކުރެވިފައިވާ ރަށުގެ ޗާޓް މިޢިއުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540682
އީމެއިލް: [email protected]
05 ޖަނަވަރީ 2026