ނީލަން
ނަންބަރު: (IUL)302-CO/302/2026/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި:
08 ޖަނަވަރީ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުން
ބޮޑުތަކުރުފާނުމަގުގެ ދެކުނުކޮޅުން މިސްކިތެއް އެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގައިހުރި ރުއްތަކުގެ ތެރެއިން 5 ރުކެއްގެ ނީލަންކިޔުން 08 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1.00 ގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތް ތަކުން އެދުވަހުގެ އެގަޑިއަށް ކައުންސިލް އިދާރާ ގޯތިތެރެއަށް ޙާޟިރުވުމަށް ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ ( ސަރުކާރު ބަންދުނޫން ) ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ތަކެތި އެސަރަޙައްދުންނަގާ ތަންސާފުކޮށް ނިންމަންވާނެއެވެ.
05 ޖަނަވަރީ 2026